ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާއިބެހޭ

މިއިދާރާއިން، އެއްގަމު އުޅަނދު ދުއްވުމުގެ ސީ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި އެކަމުގައި ޙަރަކާތްތެރިވާނެ އެގްޒަމިނަރެއް ހޯދުމަށް ބޭނުންވެއެވެ.  

އެހެންކަމުން، އޭ ޒޯންގެ ލައިސަންސް ލިބިފައިވާތާ 3 އަހަރުވެފައިވާ މީހުންގެ ތެރެއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެމީހެއްގެ 3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއިއެކު 25 ޖުލައި 2017 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ މީހުންގެ ތެރެއިން މިމަސައްކަތް ޙަވާލުކުރުމަށް ހޮވޭ މީހަކަށް މިކައުންސިލާއިއެކު ވެވޭ އެއްބަސްވުމެއްގެދަށުން މަސައްކަތް ޙަވާލުކުރުމަށްފަހު އެމީހަކު އެގްޒަމިނަރުކަންކޮށް ލައިސަންސް ދޫކުރެވޭ ކޮންމެ ސައިކަލް ލައިސަންސްއަކަށް -/15 (ފަނަރަ ރުފިޔާ) ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދަކަށް -/25 (ފަންސަވީސް ރުފިޔާ) ލިބޭނެއެވެ. 
 
26 ޝައްވާލް 1438
20 ޖުލައި 2017 

ނަންބަރު: (IUL)311/311/2017/29

ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާއިބެހޭ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާއިބެހޭ Reviewed by ފައިނު ކައުންސިލް އިދާރާ on 7:57 PM Rating: 5
Powered by Blogger.