1438 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ
މިއަހަރު ފިޠުރު ޒަކާތް މިރަމަޟާން މަހުގެ 02 ވާ އާދީއްތަ ދުވަހުން ފެށިގެން މި ރަމަޟާން މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން މެންދުރުފަހު 13:30 އަށް މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުންގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެއެވެ. ޒަކާތް ނެރުއްވާނީ މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ އަގަށް ބައްލަވައިގެންނެވެ. އާދައިގެ ހަނޑުލުން ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލެވެ. ފައިސާއިން ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ 18.24 ރުފިޔާ ( އަށާރަ ރުފިޔާ/ ސައުވީސްލާރި ) އެވެ. މޮޅުހަނޑުލުން ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލެވެ. ފައިސާއިން ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ 40.80 ރުފިޔާ ( ސާޅީސްރުފިޔާ/އަށްޑިހަލާރި ) އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ރަމަޟާން 1438
28 މެއި 2017
IUL-311/INDIV/2017/1
1438 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ
Reviewed by ފައިނު ކައުންސިލް އިދާރާ
on
12:00 AM
Rating: