ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމާބެހޭ
ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު)ގެ ދަށުން ދޫކުރެވޭ ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ އަދި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފައިސާ، ޕެންޝަން ލިބޭ ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރެވޭނީ ޕެންޝަނަށް އެދި "ޕެންޝަން އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު" ހުށަހެޅުމުންނެވެ. މިހާރު ބޭނުންކުރަމުންދާ ފޯމަށް، އިސްލާޙު ގެނެވި، ފޯމު އަލުން ވަނީ ތައްޔާރުކުރެވިފައެވެ. އަދި ކުރިން ބޭނުންކުރި "ޕެންޝަން އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު" 20 އެޕްރީލް 2017 ގައި ބާޠިލުވާނެ ވާހަކަ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއިދާރާއަށް ވަނީ އަންގާފައެވެ.
ވީމާ، އަލުން ޕެންޝަނަށް އެދި ހުށަހަޅާ ފަރާތްތަކުން އިސްލާޙު ގެނެވުނު ފޯމު ފުރިހަމަ ކުރުމަށްފަހު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ހުށަހެޅުމަށް ދެންނެވީމެވެ. އިސްލާޙްކުރެވުނު ފޯމާއި ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު ފުރާނެ ގޮތުގެ މަޢުލޫމާތު މިއިދާރާއިން ލިބޭނެވާހަކަ ދެންނެވީމެވެ.
07 ޖުމާދުލްއާޙިރު 1438
06 މާރިޗު 2017
No. (IUL)311/311/2017/11
ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމާބެހޭ
Reviewed by ފައިނު ކައުންސިލް އިދާރާ
on
12:21 AM
Rating: