ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލުން ރަށުގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި


އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ދަނޑު ދޫކުރުމަށްޓަކައި ގުރުއަތު ނެގުމަށާއި އާންމުކޮށް ދަނޑު ހެއްދުމަށް ބޭނުންކުރާ ކާނާއާއި ބޭސް ކައުންސިލްގެ ފަރާތުން ހެޔޮއަގެއްގައި ގެނައުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. 

10 މާރޗް 2017 ވީ ހުކުރު ދުވަހުގެ ރޭގަނޑު 9:00 ގައި ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި ގިނަ ޢަދަދެއްގެ ދަނޑުވެރިން ބައިވެރިވެފައިވެއެވެ. މިބައްދަލުވުމުގައި އެންމެ ފުރަތަމަ އޮތީ، ގަސްކާނާ އާއި ގަހަށްޖަހާ ބޭސް ކައުންސިލްގެ ފަރާތުން ގެނައުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެގޮތުން، މިކަން ކުރިޔަށް ގެންދިޔުމަށް ކައުންސިލުން ރާއްވަވާފައިވާ ގޮތުގެ ތަފްޞީލް ކައުންސިލްގެ ފަރާތުން ހާމަ ކުރެއްވިއެވެ. މިމަޢުލޫމާތު ދަނޑުވެރިންނާއި ޙިއްސާ ކުރުމަށްފަހު ދެން އޮތީ، މިކަމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. މިބައްދަލުވުމުގައި ބައިވެރިވެލެއްވި ދަނޑުވެރިންގެ އަޤުލަބިއްޔަތުން ނިންމަވާފައިވަނީ ދަނޑުވެރިކަން ކުރުމުގައި އާންމުކޮށް ބޭނުންކުރާ ގަސްކާނާއާއި ބޭސްފަދަ ތަކެތި ކައުންސިލްގެ ފަރާތުން ހެޔޮއަގެއްގައި ގެނެސް ދަނޑުވެރިންނަށް ވިއްކުމަށް ފެންނަ ކަމަށެވެ. 

ދެން މިބައްދަލުވުމުގައި އޮތީ، މިއަހަރު ދަނޑު ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ދަނޑުގެ ތަރުތީބުގެ ގުރުއަތު ނެގުމެވެ. 



ކައުންސިލުން ރަށުގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި ކައުންސިލުން ރަށުގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 8:38 PM Rating: 5
Powered by Blogger.