ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިންމާލައިފި


ފައިނުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ޤާއިމް ކުރެއްވި ކުނިކޮށީގެ މަސައްކަތް ނިންމާލައިފިއެވެ. މިމަސައްކަތަކީ އަމިއްލަ ކުންފުންޏަކާއި ޙަވާލު ކުރައްވައިގެން މިނިސްޓްރީ އޮފް އެންވާޔަރަމަންޓާއި މިކައުންސިލް ގުޅިގެން ކުރިޔަށް ގެންދެވިފައިވާ މަސައްކަތެކެވެ.
ފައިނުގައި ޤާއިމް ކުރެވުނު ކުނިކޮށްޓަކީ ކަމާއިގުޅޭ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ކުނިކޮށްޓެކެވެ. އެގޮތުން، އެކި ބާވަތުގެ ކުނި ވަކިކުރުމަށް ޚާއްޞަ ބަޔަކާއި، ކުނި ވަކިކޮށްފައި ބަހައްޓާނެ ތަންތަނާއި ކާދު ހެދުމަށް ޚާއްޞަ ތަންތަންވެސް މިކުނިކޮށީގައި ތައްޔާރު ކުރެވިފައިވެއެވެ. މީގެ އިތުރުން، ކުނިކޮށީގެ މުވައްޒަފުން މަޑުކޮށްލުމަށް ޚާއްޞަ ތަނެއް ހެދިފައިވާއިރު، ރޭގަނޑުގެ ވަގުތުގައިވެސް މަސައްކަތް ކުރެވޭނެގޮތަށް ލައިޓްޖަހާ ތަނަށް ކަރަންޓްލެވިފައިވެއެވެ.
މިރަށުގައި ޤާއިމްކުރެވުނު މިކުނިކޮށްޓާއިއެކު ރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ވަރަށްވެސް ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ލިބިގެންދާނެއެވެ.  ކުނިކޮށްޓަށް މުވައްޒަފުން ހޯދުމަށާއި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެކި ގޮތްގޮތުން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކައުންސިލުންދަނީ ކުރަމުންނެވެ.
މަސައްކަތް ނިމިފައިވާތީ، ކޮންޓްރެކްޓަރ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާގޮތް ބެއްލެވުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން މިއަދުވަނީ ޓީމެއް ރަށަށް ދުރުވެ ކުނިކޮށި ބައްލަވާލައްވާފައެވެ.








ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިންމާލައިފި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިންމާލައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 10:26 PM Rating: 5
Powered by Blogger.