ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރ. އަތޮޅު ސުޒުކީ މަސައްކަތު ސެމިނަރ 2017 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އެމް.ޓީ.ސީ.ސީއިން ބާއްވާ ސުޒުކީ މަސައްކަތު ސެމިނަރ މިފަހަރު ބާއްވާގޮތަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރުގައެވެ. މިސެމިނަރގައި ސުޒުކީ އިންޖީނާއި ގުޅޭ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. ސެމިނާ އޮންނާނީ 31 މާރޗް 2017 އަދި 1 އޭޕްރިލް 2017 މިދެދުވަހު ކަމަށާއި މިސެމިނަރގައި ބައިވެރިވާ ބޭފުޅުންގެ ހުރުމާއި، ކެއުމާއި އަދި ދަތުރުފަތުރުގެ ޚަރަދު އެމް.ޓީ.ސީ.ސީގެ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށް އެކުންފުނިންވަނީ އަންގަވާފައެވެ.
ވީމާ، މިސެމިނަރއަކީ ޝައުޤުވެރިވާ ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ސެމިނަރއެއްކަމުން، މިސެމިނަރގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 26 މާރޗް 2017 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން މިއިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ފޯން 6580072 އަށް ގުޅުއްވުން އެދެމެވެ.

21 ޖުމާދުލްއާޙިރު 1438
20 މާރޗް 2017
ރ. އަތޮޅު ސުޒުކީ މަސައްކަތު ސެމިނަރ 2017 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން ރ. އަތޮޅު ސުޒުކީ މަސައްކަތު ސެމިނަރ 2017 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން Reviewed by ފައިނު ކައުންސިލް އިދާރާ on 7:13 AM Rating: 5
Powered by Blogger.