އިމާމުވެ ޙިފްޡުކޮށް ތަރާވީޙުނަމާދު ކުރާނެ ހާފިޒުން ހޯދުމާބެހޭ - 2
1438 ވަނަ އަހަރު ރަމަޟާންމަހު މިރަށު ހުކުރު މިސްކިތުގައި ޙިފްޡުކޮށް ތަރާވީޙުނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަމްބަރ IUL-311/311/2017/12 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާގެ ފޯން ނަންބަރު 6580072 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އެޕްރީލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހާފިޒު ގެނެސްދެވޭނެ އަގުގެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކެރެއްވުމަށް ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ fainuoffice@gmail.com އަށެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފާރާތްތަކުގެ ތެރެއިން ބަޔަކު ކަނޑައެޅުމުގައި ބަލަން ހަމަޖެހިފައިވަނީ އަގާއި، ތަޖުރިބާއަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޖުމާދުލްއާޙިރު 1438
26 މާރިޗު 2017
އިމާމުވެ ޙިފްޡުކޮށް ތަރާވީޙުނަމާދު ކުރާނެ ހާފިޒުން ހޯދުމާބެހޭ - 2
Reviewed by ފައިނު ކައުންސިލް އިދާރާ
on
9:27 PM
Rating: