ފައިނު ސްކޫލްގެ ކާމިޔާބީ ޙިއްސާ ކުރުމަށް ކައުންސިލާއިއެކު ބައްދަލުވުމެއް ބާއްވައިފި
ފާއިތުވި އަހަރު ފައިނު ސްކޫލުން ހޯދާފައިވާ ނަތީޖާ ޙިއްސާ ކުރުމަށް ފައިނު ސްކޫލުން ފައިނު ކައުންސިލާއިއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ފައިނު ސްކޫލްގެ އިސްވެރިންނާއި ކައުންސިލްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 8 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 1:00 ގައި ބޭއްވުނު މިބައްދަލުވުމުގައި ފާއިތުވި އަހަރު ފައިނު ސްކޫލުން ހޯދާފައިވާ ކާމިޔާބީތައް ސްކޫލްގެ ފަރާތުން ޙިއްސާ ކުރެއްވިއެވެ. އަދި ސްކޫލްގެ ކާމިޔާބީގައި ކައުންސިލްގެ ޙިއްސާ ވަރަށްބޮޑަށް އޮތްކަން ފާހަގަ ކުރައްވާ އެކަމަށްޓަކައި ސްކޫލްގެ ފަރާތުން ކައުންސިލަށް ޝުކުރު ޢަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ސްކޫލާއި ދަރިވަރުންގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، ފައިނު ސްކޫލުން ހޯދާފައިވާ ކާމިޔާބީ ފާހަގަ ކުރައްވާ ސްކޫލްގެ އިސްވެރިންނަށާއި ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންނަށް މަރުޙަބާ ދަންނަވައި ކުރިމަގުގައިވެސް ސްކޫލާއި ދަރިވަރުންގެ ކުރިއެރުމަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.

Reviewed by ފައިނު ކައުންސިލް އިދާރާ
on
1:01 AM
Rating: