ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މަގުބައްތިތަކާއި މިސްކިތު އެތެރޭގެ ލައިޓްތައް ލެޑްލައިޓަށް ބަދަލުކޮށްފި

ކަރަންޓް ޚަރަދު ކުޑަ ކުރުމުގެ ގޮތުން، މަގާއި ގޯޅިއާއި އިޖުތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ މަގުބައްތިތަކާއި ހުކުރު މިސްކިތް މަސްޖިދުލްފަލާޙްގެ އެތެރޭގެ ލައިޓްތައް ލެޑްލައިޓަށް ބަދަލު ކޮށްފިއެވެ. މިމަސައްކަތް ކުރިޔަށް ގެންދެވިފައިވަނީ މިކައުންސިލާއި ފެނަކަ ކޯޕަރޭޝަން ފައިނު ބްރާންޗްގެ ގުޅިގެން 3 ދުވަހަށް ބަހާލައިގެނެވެ. އެގޮތުން، މިސްކިތު އެތެރޭގެ ޖުމުލަ 34 ލައިޓް ބަދަލު ކުރެވިފައިވާއިރު 53 މަގުބައްތިވަނީ ލެޑަށް ބަދަލު ކުރެވިފައެވެ. މަގުބައްތިތައް ލެޑަށް ބަދަލު ކުރުމުން ކުރިން އެބައްތިތަކަށް ޚަރަދުވާ ފައިސާއަށްވުރެ %63.2 ޚަރަދު ކުޑަވެގެންދާނެއެވެ. ލެޑްލައިޓް ހޯދިފައިވަނީ ކަމާއިގުޅޭ ވުޒާރާތަކުގައި އެދިގެން އެވުޒާރާތަކުގެ އެހީތެރިކަމާއިއެކުގައެވެ. 
މިމަސައްކަތް ކުރިޔަށް ގެންދިޔުމުގައި ފެނަކަ ކޯޕަރޭޝަން ފައިނު ބްރާންޗްގެ ފަރާތުން ދެއްވަވާފައިވާ އެހީތެރިކަމަށްޓަކައި މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ. 




މަގުބައްތިތަކާއި މިސްކިތު އެތެރޭގެ ލައިޓްތައް ލެޑްލައިޓަށް ބަދަލުކޮށްފި މަގުބައްތިތަކާއި މިސްކިތު އެތެރޭގެ ލައިޓްތައް ލެޑްލައިޓަށް ބަދަލުކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:03 AM Rating: 5
Powered by Blogger.