ޞިއްޙީ މަރުކަޒަށް ޙަދިޔާކުރުމަށް ނިންމެވި ކޮމްޕިއުޓަރ ސިސްޓަމް މަރުކަޒާއި ޙަވާލުކޮށްފި
ފައިނު ޞިއްޙީ މަރުކަޒަށް ޙަދިޔާ ކުރުމަށް ކައުންސިލުން ނިންމަވާފައިވާ ކޮމްޕިއުޓަރ ސިސްޓަމް ޞިއްޙީ މަރުކަޒާއި ޙަވާލު ކުރުމަށް ކުޑަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ފައިނު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ކޮމްޕިއުޓަރ ސިސްޓަމް ޙަވާލު ކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރެވެ. އަދި ކޮމްޕިއުޓަރ ސިސްޓަމާއި ޙަވާލުވެލެއްވީ ޞިއްޙީ މަރުކަޒު މިވަގުތު ހިންގެވުމާއި ޙަވާލުވެ ހުންނެވި އ. ކޮމިއުނިޓީ ހެލްތު އޮފިސަރ ސުޢޫދާ ނިޒާރެވެ.
މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ދެއްކެވި ވާހަކަފުޅުގައި ކޮމްޕިއުޓަރ ސިސްޓަމެއް ޞިއްޙީ މަރުކަޒަށް ހަދިޔާ ކުރުމުގެ ބޭނުމަކީ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޕަބްލިކް ހެލްތާއި ގުޅޭ މަޢުލޫމާތުތައް ދިނުމާއި އެކަމާއި ގުޅޭ މަސައްކަތްތައް ޙަލުވި ކުރުން ކަމުގައި ދެންނެވިއެވެ. އަދި ކުރިމަގުގައިވެސް ޞިއްޙީ މަރުކަޒުން ބޭނުންވާ ކަންކަމުގައި ކައުންސިލްގެ ފުރިހަމ ައެއްބާރުލެއްވުން ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ފައިނު ޞިއްޙީ މަރުކަޒުގެ ފަރާތުން ވާހަކަ ދެއްކެވި ސުޢޫދާ ނިޒާރާއި ފެމެލީ ހެލްތު އޮފިސަރ ޙަސަން މަނިކުގެ ވާހަކަފުޅުގައި މަރުކަޒުގެ ޕަބްލިކް ހެލްތުގެ ބައިގައި މަސައްކަތް ކުރާނެ ކޮމްޕިއުޓަރ ސިސްޓަމެއް ނެތުމުން ދަތިވާކަމުގައި ކައުންސިލްގައި އެދުމުން ކައުންސިލުން އެކަމަށް އިޖާބަ ދެއްވައި ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާ ކުރައްވަން ނިންމެވީތީ އެކަމަށްޓަކައި ޝުކުރު ޢަދާ ކުރެއްވިއެވެ. މިރަސްމިއްޔާތުގައި ޞިއްޙީ މަރުކަޒާއި ކައުންސިލް ގުޅިގެން ކުރިޔަށް ކުރިމަގުގައި ކުރިޔަށް ގެންދެވިދާނެ ޙަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ޞިއްޙީ މަރުކަޒަށް ޙަދިޔާކުރުމަށް ނިންމެވި ކޮމްޕިއުޓަރ ސިސްޓަމް މަރުކަޒާއި ޙަވާލުކޮށްފި
Reviewed by ފައިނު ކައުންސިލް އިދާރާ
on
8:52 PM
Rating: