އިލެކްޓްރީޝަނުން ތަމްރީނުކުރުމުގެ ޕްރޮގްރާމާއިބެހޭ
ޓިވެޓް އޮތޯރިޓީއާއި މިކައުންސިލާއި ގުޅިގެން އިލެކްޓްރީޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިރަށުގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަސައްކަތު މާހައުލެއްގައި ޕްރެކްޓިކަލްބައި ފުރިހަމަ ކުރަމުން ހެދޭ ކޯހެކެވެ. މިކޯހުގެ މުއްދަތަކީ 1 މަހާއި 3 މަހާއި ދެމެދުގެ މުއްދަތެކެވެ. މިކޯހުން ފާސްވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރެންމަންޓް އެންޑް އެނަރޖީ ދޫކުރައްވާ ސެޓްފިކެޓް ލެވެލް 3 ގެ ޑޮމެސްޓިކް ވައިރިންގ ލައިސެންސެއް ލިބޭނެއެވެ.
ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 ފެބުރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
23 ޖުމާދުލްޢޫލާ 1438
20 ފެބްރުއަރީ 2017
No (IUL)311/311/2017/6
އިލެކްޓްރީޝަނުން ތަމްރީނުކުރުމުގެ ޕްރޮގްރާމާއިބެހޭ
Reviewed by ފައިނު ކައުންސިލް އިދާރާ
on
1:04 AM
Rating: