ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދަޢުވަތު
ފާއިތުވެދިޔަ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، މިކައުންސިލްގެ 2 ވަނަ ދައުރުގެ 3 އަހަރުގެތެރޭގައި ރަށުގެ ތަރައްޤީއަށް ކުރެވިފައިވާ ކަންތައްތަކުގެ މައްޗަށްބަލާލާ ތައްޔާރުކުރެވިފައިވާ ރިޕޯޓާއި، މި ހިނގާ އަހަރުގެތެރޭގައި ކުރުމަށްރޭވިފައިވާ މަސައްކަތު ތާވަލު ޙިއްޞާކުރުމުގެ ޖަލްސާ 24 ފެބުރުއަރީ 2017 ވާ ހުކުރު ދުވަހުގެރޭ 21:00 ގައި ފައިނު ސްކޫލް ހޯލްގައި ބާއްވާގޮތައްވަނީހަމަޖެހިފައެވެ. މިޖަލްސާގައި ފާއިތުވެދިޔަ 3 އަހަރުގެތެރޭގައި ރަށުގެ ތަރައްޤީއަށްކުރެވިފައިވާ ކަންތައްތަކާއިބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ. އެހެންކަމުން ރަށުގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ވާހާ ގިނަ ބޭފުޅުން މިޖަލްސާގައި ބައިވެރިވެ ވަޑައިގެންދެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ވީމާ، މިޖަލްސާއަށް ރަށުގެ ހުރިހާ ލޮބުވެތި ރައްޔިތު ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުން ވަޑައިގެން ދެއްވުންއެދި ދެންނެވީމެވެ
16 ފެބުރުއަރީ 2017
ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދަޢުވަތު
Reviewed by ފައިނު ކައުންސިލް އިދާރާ
on
1:05 AM
Rating: