ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ޙަވާލުކުރުމާއިބެހޭ

މިރަށު ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރުމަށް ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީވެ، 01 މާރޗް 2017 ވަނަ ދުވަހުންފެށިގެން 2018 ފެބުރުއަރީ މަހުގެ ނިޔަލަށް ކަށިކެޔޮ ގަސްތައް ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގަސްތައް ކުއްޔަށްދޫކުރުމުގައި ހަމަޖެހިފައިވަނީ ތިރީގައިމިވާ ކަންކަމަށްބަލާ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ ކުއްޔެއް ހުށަހަޅާފަރާތަކާއި މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. 
ވީމާ، ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން 2017 ފެބުރުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޮނުއްވާ ސިޓީގައި ކުއްޔަށް ހިފަން ގަސްތުކުރާއަގު ހިމެނިފައި އޮތުމާއިއެކު ސިޓީއުރައިގެ ބޭރުގައި ކަށިކެޔޮގަސްތައް ކުއްޔަށް ހިފުމަށް އެދި މިހެން ލިޔެފައި އޮންނަންވާނެއެވެ.   
އެންމެފަހުން ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރެވިފައިވާ ކުލި : ( 10 މަހާއި 23 ދުވަހުގެ ކުލި ) -/489.39 ރުފިޔާ

1. ކަށިކެޔޮގަސްތައް ޙަވާލުވުމަށް ހުށަހަޅާކުލި:
2. ކަށިކެޔޮގަސް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް:
3. ކަށިކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ:

ހުށަހަޅާހުށަހެޅުންތަކަށް މާކުސްދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. 
ކުއްޔަށް: %60
ކަށިކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން: %25 
ކަށިކެޔޮގަހުން ލިބޭތަކެތި ބޭނުންކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް: %15
 
16 ޖުމާދުލްޢޫލާ 1438
13 ފެބުރުއަރީ 2017 

No. (IUL)311/INDIV/2017/05
ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ޙަވާލުކުރުމާއިބެހޭ ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ޙަވާލުކުރުމާއިބެހޭ Reviewed by ފައިނު ކައުންސިލް އިދާރާ on 8:35 PM Rating: 5
Powered by Blogger.