ވައިން ކަރަންޓް އުފެއްދުމަށް ބުރަފަތި ހަރުކޮށްފައިވާ ދަނޑި ކުއްޔަށް ދޫކުރުން
މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި، ޔުނިޑޯގެ ފަރާތުން މިރަށުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެދަށުން ބުރަފަތި ހަރުކުރުމަށް ޖަހާފައިވާ ދަނޑި މިހާރު ދޫކޮށްފައިވާ ފަރާތާއިއެކު މިއިދާރާއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު 01 މާރޗް 2017 އަށް ހަމަވާތީވެ، އެދަނޑި އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަށް ކުއްޔަށް ހިފަން އެދޭފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކައުންސިލްގެ ދަށުގައިހުރި އިސްވެދެންނެވުނު ދަނޑި ބަލަހައްޓައި އަމިއްލަ ބޭނުންތަކަށް އެދަނޑީގެ ބޭނުންކުރެވޭގޮތަށް 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި 21 ފެބްރުއަރީ 2017 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލޭނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑިގައިނަމަ 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
1. ކުއްޔަށް ހިފާ އަގު
2. ދަނޑި ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަށް ކުރާނެ މަސައްކަތް
3. ދަނޑީގައި ކުރާ ބޭނުމުން ރައްޔިތުންނަށާއި ރަށަށް ކުރާނެ ފައިދާ
16 ޖުމާދުލްޢޫލާ 1438
13 ފެބްރުއަރީ 2017
No. (IUL)311/311/2017/4
ވައިން ކަރަންޓް އުފެއްދުމަށް ބުރަފަތި ހަރުކޮށްފައިވާ ދަނޑި ކުއްޔަށް ދޫކުރުން
Reviewed by ފައިނު ކައުންސިލް އިދާރާ
on
12:30 AM
Rating: