ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ޙަވާލުކުރުމާއިބެހޭ - ދެވަނަބުރު

މިއިދާރާގެ ނަމްބަރ IUL-311/INDIV/2017/05  ގެ އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރުމަށް ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީވެ، 01 މާރޗް 2017 ވަނަ ދުވަހުންފެށިގެން 2018 ފެބުރުއަރީ މަހުގެ ނިޔަލަށް ކަށިކެޔޮ ގަސްތައް ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގަސްތައް ކުއްޔަށްދޫކުރުމުގައި ހަމަޖެހިފައިވަނީ ތިރީގައިމިވާ ކަންކަމަށްބަލާ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ ކުއްޔެއް ހުށަހަޅާފަރާތަކާއި މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. 
ވީމާ، ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން 2017 ފެބުރުއަރީ 21 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޮނުއްވާ ސިޓީގައި ކުއްޔަށް ހިފަން ގަސްތުކުރާއަގު ހިމެނިފައި އޮތުމާއިއެކު ސިޓީއުރައިގެ ބޭރުގައި ކަށިކެޔޮގަސްތައް ކުއްޔަށް ހިފުމަށް އެދި މިހެން ލިޔެފައި އޮންނަންވާނެއެވެ.   
އެންމެފަހުން ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރެވިފައިވާ ކުލި : ( 10 މަހާއި 23 ދުވަހުގެ ކުލި ) -/489.39 ރުފިޔާ
1. ކަށިކެޔޮގަސްތައް ޙަވާލުވުމަށް ހުށަހަޅާކުލި:
2. ކަށިކެޔޮގަސް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް:
3. ކަށިކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ:
ހުށަހަޅާހުށަހެޅުންތަކަށް މާކުސްދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. 
ކުއްޔަށް: %60
ކަށިކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން: %25 
ކަށިކެޔޮގަހުން ލިބޭތަކެތި ބޭނުންކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް: %15
 
19 ޖުމާދުލްޢޫލާ 1438
16 ފެބުރުއަރީ 2017 


IUL-311/311/2017/7
ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ޙަވާލުކުރުމާއިބެހޭ - ދެވަނަބުރު ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ޙަވާލުކުރުމާއިބެހޭ -  ދެވަނަބުރު Reviewed by ފައިނު ކައުންސިލް އިދާރާ on 10:36 PM Rating: 5
Powered by Blogger.