ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ހަލް އިންސުއަރެންސް ސްކީމާއި ބެހޭ

އެލައިޑު އިންސުއަރެންސް ކޮމްޕެނީގެ ފަރާތުން ކަނޑުގައިދުއްވާ އުޅަނދު ފަހަރަށް ޙާއްޞަކޮށްގެން ވިއްކަމުންދާ ހަލް އިންސުއަރެންސް ސްކީމަށް އަޙުލުވެރިކުރުމަށް މުޅި ރާއްޖޭގައި ކެމްޕޭނެއް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިކެމްޕޭނުގެ މައިގަނޑު މަޤުޞަދަކީ މިސްކީމްގެ ކަވަރޭޖުގެ މަޢުލޫމާތު ވީހާވެސް ގިނަ ބޭފުޅުންނަށް ފޯރުކޮށްދިނުމެވެ. މި ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު އޮޑިވެރިންނާއި، މަސްވެރިންނަށް ޢާއްމުކޮށްވަނީ ހުޅުވާލައްވާފައެވެ. މި ކެމްޕޭން ޕްރޮގުރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރުގައެވެ. އަދި މިކެމްޕޭން ޕްރޮގުރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 19 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ން 13:00 އަށް ގިނަވެގެން 2 ގަޑިއިރަށެވެ.
ވީމާ، މިކެމްޕޭންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 17 ޖަނަވަރީ 2017 ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ.

17 ރަބީޢުލްއާޚިރު 1438
15 ޖަނަވަރީ 2017

(IUL)311/311/2017/1
ހަލް އިންސުއަރެންސް ސްކީމާއި ބެހޭ ހަލް އިންސުއަރެންސް ސްކީމާއި ބެހޭ Reviewed by ފައިނު ކައުންސިލް އިދާރާ on 11:02 PM Rating: 5
Powered by Blogger.