skip to main |
skip to sidebar
މިރަށުން މިއަހަރު ދޫކޮށްފައިވާ ގޯތިތަކާއި އިންވެގެންވާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސް ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެގެން 2023ވަނަ އަހަރު ތިނެއް (3) އިޢުލާނާއި ގުޅިގެން އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ ހަތަރުވަނަ އިއުލާނެވެ.
ރުއްގަސް ގަންނަ ފަރާތުން ރުއްގަސް ހުރިގޮތަށް ރަށުން ބޭރުކުރުމަށް ބޭނުންފުޅު ވާނަމަ އެކަމާގުޅިގެން ނަގަންޖެހޭ އެންމެހައި ހުއްދަތަށް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ހުއްދަތައް ނަގަން ކުރަންޖެހޭ އެންމެހައި މަސައްކަތުގައި މިކައުންސިލުގެ އެހީތެރިކަމާ އެއްބާރުލުން އޮންނާނެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
• ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 24 ޖުލައި 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
• ބީލަން ބަލައިގަތުން: 30 ޖުލައި 2024 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް.
• ބީލަން ހުޅުވުން: 30 ޖުލައި 2024 ވަނަ ދުވަހުގެ 13.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި.
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
އަލަށް ދޫކުރި ގޯތިތަކާއި ގުޅިގެން ހަދަންޖެހޭ މަގާއިގޯޅި އާއި އަދި މީނުންވެސް މަގުތަކަށް އަރާގޮތަށް ހުރި ރުއްގަސް ވިއްކުމާއި ގުޅޭ
Reviewed by
ފައިނު ކައުންސިލް އިދާރާ
on
1:17 AM
Rating:
5
No comments: