ބިދޭސީންގެ މަޢުލޫމާތު ހޯދުން
ރަށުގައި ބިދޭސީން ގެނެސްގެން ގެންގުޅޭ ފަރާތްތަކުން ބިދޭސީންގެ މަޢުލޫމާތުތައް މިއިދާރާއަށް ހުށަހަޅަމުން ނުގެންދާތީ ބިދޭސީންގެ މަޢުލޫމާތުތައް ބެލެހެއްޓުމަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ބިދޭސީންގެ މަޢުލޫމާތު ހޯދުމަށް މިދިޔަ 2016 ވަނަ އަހަރުވެސް މިއިދާރާއިން އާއްމުކޮށް އިޢުލާނު ކުރެވިފައިވާނެއެވެ. އެއިޢުލާނާއި ގުޅިގެން މަޢުލޫމާތު ހުށަހަޅާފައިވަނީ ވަރަށް މަދު ފަރާތަކުންނެވެ.
ވީމާ، ރަށުގައި މިހާރު އުޅެމުންގެންދާ ބިދޭސީންނާއިބެހޭ ތިރީގައިމިވާ މަޢުލޫމާތުތައް 22 ޖެނުއަރީ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
1. މީހާގެ ނަން
2. ޕާސްޕޯޓް ނަމްބަރ
3. ވާރކް ވިސާ ކާޑް ނަމްބަރ
4. އީ.އޭ. ނަމްބަރ
5. ވަޒީފާ ޢަދާކުރަން ހުއްދަދީފައިވާ އެޑްރެސް
6. ވަޒީފާ ދިން ފަރާތުގެ ނަމާއި އައިޑީކާޑް އަދި ވިޔަފާރީ ރަޖިސްޓްރީ ނަމްބަރ
7. މިހާރު މަސައްކަތްކުރާ ސައިޓް/ އެޑްރެސް
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަބީޢުލްއާޚިރު 1438
17 ޖެނުއަރީ 2017
ބިދޭސީންގެ މަޢުލޫމާތު ހޯދުން
Reviewed by ފައިނު ކައުންސިލް އިދާރާ
on
12:49 AM
Rating: