ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރަށު ތަރައްޤީގެ ޕްލޭން ސަރުކާރުގެ އިދާރާތަކާއި ޙަވާލުކޮށްފި

ކުރިޔަށް އޮތް 5 އަހަރަށް ތައްޔާރު ކޮށްފައިވާ ރ. ފައިނުގެ ރަށު ތަރައްޤީގެ ޕްލޭން ރަށުގައިހުރި ސަރުކާރުގެ އިދާރާތަކާއި ޙަވާލު ކޮށްފިއެވެ. ރަށު
ތަރައްޤީގެ ޕްލޭންގެ ފޮތް ތައްޔާރު ކުރުމަށްފަހު މުއައްސަސާތަކާއި ޙަވާލު ކުރެވިފައިވަނީ، މިޕްލޭންއަކީ ރަށުގެ ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ބައިވެރިވުމާއިއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ތައްޔާރު ކުރެވިފައިވާ ޕްލޭނަކަށްވެފައި ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން ބޭނުންވާތީއެވެ. ތަރައްޤީ ޕްލޭންގެ ފޮތް، އިދާރާތަކަށް ޙަވާލުކުރުމަށްފަހު އެއިދާރާއަކާއި ގުޅޭ ދާއިރާއިން ޙާޞިލް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ޙާޞިލްކުރުމަށް މަސައްކަތް ކޮށްދެއްވުމަށްވަނީ އެދެވިފައެވެ. އަދި ޕްލޭން ތަންފީޒު ކުރުމަށް ކައުންސިލުން ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި ރަށުގައިހުރި މުއައްސަސާތަކުގެ އެއްބާރުލުން ދެއްވުމަށްވެސްވަނީ އެދެވިފައެވެ. ފާއިތުވި އަހަރުތަކުގައި ރަށުގެ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމަށް ރަށުގައިހުރި މުއައްސަސާތަކުންނާއި ޖުމުލަ ގޮތެއްގައި ރަށުގެ ރައްޔިތުން ދެއްވަވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.
ރަށު ތަރައްޤީގެ ޕްލޭން ސަރުކާރުގެ އިދާރާތަކާއި ޙަވާލުކޮށްފި ރަށު ތަރައްޤީގެ ޕްލޭން ސަރުކާރުގެ އިދާރާތަކާއި ޙަވާލުކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:42 AM Rating: 5
Powered by Blogger.