ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލުން ރަށުގެ އަންހެން ކަނބަލުންނާއި ބައްދަލުކޮށްފި

ކައުންސިލުން ރަށުގެ އަންހެން ކަނބަލުންނާއި މިއަދު ބައްދަލު ކޮށްފިއެވެ. މިބައްދަލުވުމަކީ އަންހެން ކަނބަލުންނާއި ގުޅޭ ބައެއް ކަންކަމާއި
ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނި ކެހުމުގެ މަސައްކަތާއި ގުޅޭގޮތުންނާއި، ކުނި މެނޭޖް ކުރުމުގެ މަސައްކަތާއި އެމަސައްކަތަށް ކައުންސިލަށް ޕިކަޕެއް ހޯދުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެއް އިންތިޙާބު ކުރުމާއި އަދި ރަށުގައި އުޅޭ ބިދޭސީންގެ ފަރާތުން ދިމާވެދާނެ އިޖުތިމާޢީ މައްސަލަތަކާއި ގުޅޭގޮތުންނެވެ. 
ރަށުގެ އިޖުތިމާޢީ ސަރަޙައްދު ކުނިކެހުމުގެ މަސައްކަތާއި ގުޅޭގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނި ރަށުގެ ބަނދަރު ސަރަޙައްދު ކުނިކެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނެގޮތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ބަނދަރު ސަރަޙައްދުން ސާފުކުރަންޖެހޭ ބައިގެ ތަފްސީލް އަންހެން ކަނބަލުންނަށް ދެވިފައިވެއެވެ.  މީގެ އިތުރުން ކުނި މެނޭޖް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވަނީ ކައުންސިލަށް ޕިކަޕެއް ހޯދުމާއި ގުޅޭގޮތުންނެވެ. މިބައްދަލުވުމަށް ޙާޟިރުވި އަންހެން ކަނބަލުންގެ އިއްތިފާޤުން ފާސްކުރައްވާފައިވަނީ ކައުންސިލްގެ އާމްދަނީއިން ޕިކަޕެއް ހޯދުމަށް ފެންނަ ކަމަށެވެ. ރަށުގައި ބިދޭސީން އިތުރުވަމުންދާތީވެ ބިދޭސީންގެ ފަރާތުން ދިމާވެދާނެ އިޖުތިމާޢީ އެކިއެކި މައްސަލަތަކަށް ހޭލުންތެރިވުމާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ. 



ކައުންސިލުން ރަށުގެ އަންހެން ކަނބަލުންނާއި ބައްދަލުކޮށްފި ކައުންސިލުން ރަށުގެ އަންހެން ކަނބަލުންނާއި ބައްދަލުކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:04 AM Rating: 5
Powered by Blogger.