ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގައިހުރި ރުއްގަހުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މިއިދާރާގެ ނަމްބަރ IUL-311/311/2016/83 އިޢުލާނުގައި ދެންނެވިފައިވާ ރުއްގަހުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވުނު ވާހަކަ ދެންނެވީމެވެ.
ވީމާ، އަލަށް ދޫކުރެވިފައިވާ ގޯތިތަކުގައިހުރި ރުއްގަހުގެ ބަދަލުގެ މައްސަލަ ނިންމުން އަވަސްކުރުމުގެގޮތުން އެރުއްގަހަކީ ކޮންފަރާތަކުން އިންދާފައިވާ ކާކުގެ އެއްޗެއްކަން ދެނެގަތުމަށްޓަކައި އެރުއްގަސް ފާހަގަކުރުމަށް މިހާރު ހުދުކުލައިގެ ދަވާދުން ✓ މިފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ، 04 ޖެނުއަރީ 2017 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ސިޓީއަކުން އެކަން އެންގެވުން އެދެމެވެ. ފާހަގަ ޖަހާފައިވާ ރުއްގަސްހުރި ގޯތިތައް އެނގޭނޭ ޗާޓެއް މިއިޢުލާނާއިއެކު މިވަނީއެވެ.
29 ރަބީޢުލްއަށްވަލް 1438
28 ޑިސެމްބަރ 2016
ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގައިހުރި ރުއްގަހުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
Reviewed by ފައިނު ކައުންސިލް އިދާރާ
on
1:07 AM
Rating: