ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލް އިދާރާގެ މަގުފާރުގެ ކުލަ އާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ތަކެތި ދިނުމުން މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، މިއިދާރާގެ މަގުފާރުތަކުގެ ކުލައާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 15 ޑިސެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ  މެންދުރު 12:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 18 ޑިސެމްބަރ 2016 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
 
13 ރަބީޢުލްއައްވަލް 1438
12 ޑިސެމްބަރ 2016


 (IUL)311/311/2016/82 
ކައުންސިލް އިދާރާގެ މަގުފާރުގެ ކުލަ އާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ ކައުންސިލް އިދާރާގެ މަގުފާރުގެ ކުލަ އާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 12:48 AM Rating: 5
Powered by Blogger.