ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އޯސަމްބޯޓް ޑިޒައިންއަށް ދޫކޮށްފައިވާ ބިމާއި ގުޅޭގޮތުން ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކޮށްފި


އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑަށް ފައިނުން ދޫކޮށްފައިވާ 87500 އަކަފޫޓްގެ ބިމުގެ އެއްބަސްވުމާއި އެއްގޮތަށް އެކުންފުނިން ޢަމަލުކުރަމުން ގެންގޮސްފައި ނުވާތީ، ދަޢުލަތުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިންމަވާ 20 ނޮވެމްބަރ 2016 ވަނަ ދުވަހު ހުކުމް ކުރައްވައިފިއެވެ.
ފައިނު މެޖިސްޓްރޭޓް ކޯޓުން ކުރެއްވި މިހުކުމްގައި ވިދާޅުވެފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ އާއި އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑާއި ދެމެދު، އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށްޓަކައި ރ. ފައިނުގެ ބިމުން 87500 (އަށްޑިހަ ހަތްހާސް ފަސް ސަތޭކަ) އަކަފޫޓްގެ ބިން ކުއްޔަށް ދިނުމަށް 01 ނޮވެމްބަރ 2011 ވަނަ ދުވަހުން ފެށިގެން 1 ނޮވެމްބަރ 2027 ގެ މުއްދަތަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 2016 ނޮވެމްބަރ 19 ވަނަ ދުވަހުގެ ނިޔަލަށް އެކު ޖުމުލަ 848,254/16ރ. (އަށްލައްކަ ސާޅިސް އަށްހާސް ދުއިސައްތަ ފަންސާސް ހަތަރު ރުފިޔާ ސޯޅަ ލާރި) އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑް އިން ދިވެހި ދަޢުލަތަށް (މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާއަށް) 3 މަސްދުވަހުގެ ތެރޭގައި ދެއްކުމަށާއި އެއެއްބަސްވުން 20 ނޮވެމްބަރ 2016 ވަނަ ދުވަހުން ފެށިގެން ބާޠިލުވެފައިވާކަމަށެވެ.
އޯސަމްބޯޓް ޑިޒައިންއަށް ދޫކޮށްފައިވާ ބިމާއި ގުޅޭގޮތުން ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކޮށްފި އޯސަމްބޯޓް ޑިޒައިންއަށް ދޫކޮށްފައިވާ ބިމާއި ގުޅޭގޮތުން ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:16 AM Rating: 5
Powered by Blogger.