ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޤަވާއިދާއި ޚިލާފަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމާއިގުޅޭ

މިހާރަކަށް އައިސް ބައެއްފަރާތްތަކުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ލައިސަންސްނެތި ދުއްވަމުންދާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަމްބަރ 5/2009 ގައިވާ ގޮތުގެމަތިން އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެތި ލައިސަންސްނެތި ދުއްވުމާއި ދެފުރޮޅުލީ އުޅަނދުފަހަރަށް 2 މީހުނަށްވުރެ ގިނަމީހުން އަރުވައިގެން ދުއްވުމާއި، ދުއްވަން ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް ދުއްވުމާއި އެފަދަ ތަކެތި ދުއްވުމަށް އޮންނަ އުޞޫލުތަކާއި ޚިލާފަށް ދުއްވުމަކީ މަނާކަމެވެ. މިފަދަ ތަކެތި ޤަވާޢިދާއި ޚިލާފަށް ދުއްވުމަކީ ބޮޑެތި ޖޫރިމަނާތައްވެސް ކަނޑައެޅިފައިވާކަމެކެވެ. 
ވީމާ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބައްލަވައިގެން އެފަދަ އުޅަނދު ދުއްވުމަށާއި، ޤަވާޢިދާއިއެއްގޮތަށް ލައިސަންސް ނަގައިގެންނޫނީ ނުދުއްވުމަށް ދެންނެވީމެވެ. އަދި މިފަދަ ކަންކަން ޤަވާޢިދާއި ޚިލާފަށް ކުރަމުންގެންދާނަމަ އެކަންކަން ހުއްޓުވުމަށްޓަކައި އެފަދަ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެވާހަކަ ދެންނެވީމެވެ. 
24 ޞަފަރު 1438
24 ނޮވެމްބަރ 2016

ޤަވާއިދާއި ޚިލާފަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމާއިގުޅޭ ޤަވާއިދާއި ޚިލާފަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމާއިގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 1:07 AM Rating: 5
Powered by Blogger.