ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އެގުޒަމިނަރުން ހޯދުން

މިކައުންސިލުން ދޫކުރަމުންގެންދާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ދެމުންދާ އެގުޒަމިނަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެގްޒަމިނަރަކު ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ(IUL)311/311/2023/87 (09 ނޮވެމްބަރ 2023) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އެގްޒަމިނަރުގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އެފުރުޞަތު އަލުން ހުޅުވާލަމެވެ. އިމްތިހާނު ކުރިއަށްދާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ ޢަދަދު :01 (އެކެއް)

ޝަރުތު:
• ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީތަކުގެ ތެރެއިން ދަށްވެގެން (A,B,C.D.G) އޮތް މީހަކު ކަމުގައިވުން.

• ކޯސްޓަލް ނެވިގޭޝަން ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ނުވަތަ 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.

• ފާއިތުވި ތިންއަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައިވާ އަދި ޖިނާޢީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.

އުޖޫރަ: ޓެސްޓް ކުރާ ކޮންމެ ކެޓެގަރީގެ އުޅަނދަކަށް -/35 ރުފިޔާގެ ރޭޓުން ފައިސާލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: 1. އެގްޒަމިނަރަކަށް ވުމަށް އެދި ހުށަހަޅާސިޓީ 2. އައިޑީކާޑްގެ ކޮޕީ 3. ލައިސަންސް ފޮތުގެ ކޮޕީ 4. ޕޮލިސް ރިޕޯޓް

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ސިޓީއަކާއިއެކު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 2023 ޑިސެމްބަރ 07 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އެގްޒެމިނަރުން ހޮވުމުގައި ގިނަ ގިންތީގެ އުޅަނދުފަހަރު އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.


ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އެގުޒަމިނަރުން ހޯދުން ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އެގުޒަމިނަރުން ހޯދުން Reviewed by ފައިނު ކައުންސިލް އިދާރާ on 11:59 PM Rating: 5

No comments:

Powered by Blogger.