ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

2022 ވަނަ އަހަރުގެ 32 ވަނަ ނިންމުން

ހުށަހެޅުން:

އުރީދޫ މޯލްޑިވްސް ޕލކ އަށް ބިން ކުއްޔަށް ދޫކުރުމަށް 1 ޖުލައި 2016 ގައި ވެފައިވާ ސެލް ސައިޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް އިޞްލާޙު ގެނައުމަށް އެ ކުންފުނީގެ ފަރާތުން އެދިފައިވާތީ، އެކަމާގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

 

ހުށަހެޅުން ފޮނުވި ފަރާތް:

ރައީސް މޫސާ ޢުމަރުމަނިކު

 

ނިމުނުގޮތް :

އުރީދޫ މޯލްޑިވްސް ޕލކ އަށް ބިން ކުއްޔަށް ދޫކުރުމަށް 1 ޖުލައި 2016 ގައި ވެފައިވާ ސެލް ސައިޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ކުލީގެ ގޮތުގައި މިހާރު ބަޔާންކޮށްފައިވާ 3000 (ތިން ހާސް) ރުފިޔާ އަށް މިވަގުތު އެއްވެސް ބަދަލެއް ނުގެނައުމަށާއި އެގޮތަށް އުރީދޫ މޯލްޑިވްސް ޕލކ އަށް ޖަވާބު ދިނުމަށް ނިންމުން. 

2022 ވަނަ އަހަރުގެ 32 ވަނަ ނިންމުން 2022 ވަނަ އަހަރުގެ 32 ވަނަ ނިންމުން Reviewed by ފައިނު ކައުންސިލް އިދާރާ on 9:33 PM Rating: 5

No comments:

Powered by Blogger.