ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

2022 ވަނަ އަހަރުގެ 30 ވަނަ ނިންމުން

ހުށަހެޅުން:

ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ ޕްރީސްކޫލްގެ ޚިދުމަތް ދިނުމާއިގުޅޭގޮތުން މަޝްވަރާކުރުން

ހުށަހެޅުން ފޮނުވި ފަރާތް:

ރައީސް މޫސާ ޢުމަރުމަނިކު

 

ނިމުނުގޮތް :

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 24 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޕްރީސްކޫލްގެ ޚިދުމަތް ދިނުމަށްޓަކައި އެ ޚިދުމަތް ދޭނެ ގޮތުގެ ގައިޑްލައިނެއް ތައްޔާރު ކުރުމަށް ކޮމެޓީއެއް އެކުލަވާލާ، އެ ކޮމެޓީން އެ މަސައްކަތް ނިންމާ ކައުންސިލަށް ހުށަހެޅުމަށް ނިންމުން. އަދި އެ ކޮމެޓީގެ މެންބަރުންގެ ގޮތުގައި ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލްގެ ރައީސް ކަނޑައަޅާ ފަރާތެއް، ކައުންސިލް މެންބަރު އާމިނަތު ޝިޒުނާ، ސްކޫލް ޕްރިންސިޕަލް، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ، ކައުންސިލަށް ލަފާދޭ ކޮމެޓީގެ އާންމުންގެ މެންބަރުގެ ގޮތުގައި ހިމެނޭ މުޙައްމަދު ހާލިދު، 02 ބެލެނިވެރިން އަދި ޕްރީސްކޫލް ޓީޗަރަކު އެ ކޮމެޓީގައި ހިމެނުމަށް ނިންމުން.

2022 ވަނަ އަހަރުގެ 30 ވަނަ ނިންމުން 2022 ވަނަ އަހަރުގެ 30  ވަނަ ނިންމުން Reviewed by ފައިނު ކައުންސިލް އިދާރާ on 9:32 PM Rating: 5

No comments:

Powered by Blogger.