ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މިލްކުވެރިކަން ސާބިތުކުރުން

މިއިދާރާގެ ނަމްބަރ (IUL)311/311/2023/16 (07 ފެބުރުއަރީ 2023) ގެ އިޢުލާނާއި ގުޅިގެން އިތުރު ފުރުސަތު ހުޅުވާލަމެވެ.

މިރަށުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ގޯތި ހިމެނޭ ސަރަހައްދާއި، އެސަރަޙައްދުގެ މަގާއި ގޯޅި ހިމެނޭ ސަރަޙައްދުގައި ހުރި ރުއްގަސް ނަގާ ބިން ސާފުކުރުމަށްޓަކައި އެސަރަހައްދުގައިހުރި ރުއްގަސް ނަގަން ބޭނުންވެއެވެ.

ީމާ، ފުޓްސަލް ދަނޑުގެ ހުޅަނގުން ދޫކުރާއި، ގޯތިތަކާއި، މިރަށު ރިވެލި ގޯތީގެ ހުޅަނގުން ދޫކުރާ ގޯތިތައް ހިމެނޭ ސަރަޙައްދާއި، އެސަރަޙައްދުގެ މަގާއި ގޯޅީގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މިލްކުވެރިކަމާއިމެދު ދައުވާ ކުރައްވާ ފަރާތެއްވާނަމަ މިލްކުވެރިކަން ސާބިތުކުރި ލިޔުން ނުވަތަ ކުރީގެ ފައިނު އޮފީހުން ރުއްގަސް އިންދުމަށް ބިން ދޫކޮށް ފައިވާނަމަ ބިން ދޫކުރިކަމުގެ ލިޔުމާއިއެކު، 07 މާރިޗު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ހުރިތަނާއި، ރުއްގަހުގެ ނަމްބަރ އެނގޭނޭހެން އިޢުލާނާއިއެކުވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ިރުއްގަހާއިމެދު ޢަމަލުކުރާނީ ޤާނޫނު ނަންބަރު: 98/21 މީހުން ދިރިއުޅޭ ރަށްރަށުގައި ރުއްގަސް އިންދުމާއިބެހޭ ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.
ިއިޢުލާނާއިއެކު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

މިލްކުވެރިކަން ސާބިތުކުރުން މިލްކުވެރިކަން ސާބިތުކުރުން Reviewed by އާމިނަތު ވަސީމާ on 1:33 AM Rating: 5

No comments:

Powered by Blogger.