ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރައްޔިތުންގެ ބަނބުކެޔޮ ގަސްތައް ކުއްޔަށް ހަވާލުކުރުމާއި ގުޅޭ

31 ޑިސެންބަރު 2023 ގެ ނިޔަލަށް މިރަށު ރައްޔިތުންގެ ބަނބުކެޔޮ ގަސްތައް ކުއްޔަށް ހަވާލުކުރާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ރައްޔިތުންގެ ބަނބުކެޔޮ ގަސްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ކުއްޔަށް ހިފަން ގަސްދުކުރައްވާ އަގު އެނގޭނޭގޮތަށް 2023 ފެބްރުއަރީ 06 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ފޮނުއްވާ ސިޓީގައި ތިރީގައިވާ މަޢުލޫމާތު ތަފްޞީލްކޮށް ލިޔެވިފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑުރެސް އަދި " ބަނބުކެޔޮ ގަސްތައް ކުއްޔަށް ޙަވާލުވުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

ސިޓީއުރަތައް ކެނޑުން އޮންނާނީ 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:30ގައި އަގުތައް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހާޟިރުވެ ތިއްބެވި ފަރާތްތަކާއި އިދާރާގެ އިސްމުވައްޒަފުންގެ ހާޟިރުގައި، ފައިނު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

ބަނބުކެޔޮގަސްތައް ކުއްޔަށް ނަގާ ފަރާތުން ސަމާލުކަން ދޭންޖެހޭނެ ކަންކަން
1. ގަސްތައް ބަލަހައްޓާ، ދިރުވާ އާލާކުރުމަށް މަސައްކަތްކުރުން
2. ގަސްތަކުން ލިބޭ ތަކެތި ބޭނުންކުރެއްވުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދިނުން

ގަސްތައް ކުއްޔަށް ދޭނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ ކަންކަން
ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް މާކުސް ދެވޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

• ކުއްޔަށް %100


ރައްޔިތުންގެ ބަނބުކެޔޮ ގަސްތައް ކުއްޔަށް ހަވާލުކުރުމާއި ގުޅޭ ރައްޔިތުންގެ ބަނބުކެޔޮ ގަސްތައް ކުއްޔަށް ހަވާލުކުރުމާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 8:06 PM Rating: 5

No comments:

Powered by Blogger.