skip to main |
skip to sidebar
ދިރިއުޅުމަށްޓަކައި މިރަށުން ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2022/58 އިޢުލާނާއިއެކު އާއްމުކުރެވިފައިވާ އުޞޫލުގައި ލިޔުމުގެ ކުށެއް އިނުމާއިއެކު، އުޞޫލު އަލުން އާއްމުކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، ގޯއްޗަށް އެދޭ ފަރާތްތަކުން 27 އޮކްޓޯބަރ 2022ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރައްވާ މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފޯރމް މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް www.fainucouncil.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
މިއިޢުލާނާއިއެކު ތިރީގައިވާ ލިޔުންތަކުގެ ލިންކް/ކޮޕީ ހިމެނިފައިވާނެއެވެ.
1. "ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު"
2. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
3. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2022/58 އިޢުލާނުގައި ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުން
Reviewed by
އާމިނަތު ވަސީމާ
on
1:45 AM
Rating:
5
No comments: