skip to main |
skip to sidebar
ދިރިއުޅުމަށްޓަކައި މިރަށުން ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބުރުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މިއިޢުލާނާއިއެކު މިވަނީއެވެ. މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 30 ގޯއްޗެވެ. އެއީ 3000 އަކަފޫޓްގެ ގޯއްޗެވެ. ގޯތި ދޫކުރެވޭނީ މިކައުންސިލުން ފާސްކޮށްފައިވާ "ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
ވީމާ، ގޯއްޗަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 23 އޮކްޓޯބަރ 2022ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރައްވާ މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފޯރމް މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް www.fainucouncil.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
މިއިޢުލާނާއިއެކު ތިރީގައިވާ ލިޔުންތަކުގެ ލިންކް/ކޮޕީ ހިމެނިފައިވާނެއެވެ.
1. "ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު"
2. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
3. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން
Reviewed by
އާމިނަތު ވަސީމާ
on
2:56 AM
Rating:
5
No comments: