މަގުބައްތި ހޮޅިދަނޑި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)311/311/2022/32 އިއުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުތައް ފުރިހަމަ ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ 2 ވަނަ އިއުލާނެވެ.
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަތީގައިވާ މަސައްކަތުގެ ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ފޮނުވޭނެއެވެ. ބީލަމުގައިބައިވެރިވާން އެދޭފަރާތްތަކުން މިލިންކް މެދުވެރިކޮށް https://forms.gle/rwe7bnTMrAA5C6Bn9 ނުވަތަ އިދާރާއަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ހުށަހެޅުން އެދެމެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން. 10 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް.
ބީލަން ބަލައިގަތުން. 16 އޮކްޓޯބަރ 2022 ދުވަހުގެ 10.00 ގެ ނިޔަލަށް.
ބީލަން ހުޅުވުން އޮންނާނީ 16 އޮކްޓޯބަރ 2022 ވަނަދުވަހުގެ މެންދުރުކުރި 10:00 ގައި މިކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ..
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
https://forms.gle/rwe7bnTMrAA5C6Bn9
No comments: