ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ބިދޭސީންގެ ދަފްތަރު އަދާހަމަ ކުރުމާއި ގުޅޭ

މިއިދާރާގައި އޮންނަ ބިދޭސީންގެ ދަފުތަރު އަދާހަމަކުރުމަށްޓަކައި މިރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު މިއިދާރާއަށް ގެނެސްދިނުމަށް އާއްމުކޮށް އިއުލާނުކުރެވި އަދި ބިދޭސީން ގެންގުޅުއްވާ ފަރާތްތަކަށް އެމަޢުލޫމާތު ހުށަހެޅުމަށް މީގެ ކުރިން ވާނީ އެންގިފައެވެ. 


ނަމަވެސް ބިދޭސީންގެ މަޢުލޫމާތު ތައް މިއިދާރާއަށް ގެނެސްދީފައިވަނީ ވަރަށް މަދު ފަރާތަކުން ކަމަށްވާތީ، ބިދޭސީންގެ ދަފުތަރު އަދާ ހަމަކުރުމަށްޓަކައި ތިރީގައިމިވާ މަޢުލޫމާތު 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.


މި މުއްދަތުގެ ތެރޭގައި ބިދޭސީންގެ މަޢުލޫމާތު ހުށަނާޅުއްވާ ފަރާތްތަކަކީ ކޮބައިތޯ ބަލާ ޤަވާޢިދާ ހިލާފަށް ބިދޭސީން ގެންގުޅުއްވާ ނަމަ އެފަރާތްތަކުގެ މަޢުލޫމާތު ނަގާ ކަމާއިބެހޭ އިދާރާއަށް ފޮނުވޭނެ ވާހަކަ ދެންނެވީމެވެ.


·     ވޯކް ވިސާ ކާޑް ގެ ކޮޕީ:

·    ޕާސްޕޯޓްގެ ކޮޕީ:

·    ބިދޭސީން ގެއްގުޅޭ ފަރާތުގެ މަޢުލޫމާތު 


މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 



ބިދޭސީންގެ ދަފްތަރު އަދާހަމަ ކުރުމާއި ގުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަ ކުރުމާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 8:58 AM Rating: 5

No comments:

Powered by Blogger.