ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޕާކެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - 2

ޕާކެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)311/311/2021/64 އިޢުލާނާއި ގުޅިގެން އިތުރަށް ފުރިހަމަ ކުރަންހުރި ބައެއްކަންކަން ފާހަގަ ކުރެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން 07 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިލިންކް https://forms.gle/rvGpuKof3LqCNNGKA މެދުވެރިކޮށް ބިޑްރެޖިސްޓްރީ ގައި ބައިވެރިވެދެއްވުން އެދެމެވެ. މިމަސައްކަތާއިގުޅޭ މަޢުލޫމާތު 05 ޑިސެންބަރު 2021 ގެ 13:00 އިން ފެށިގެން މިއިދާރާގެ ވެބްސައިޓް ލިންކް https://www.fainucouncil.gov.mv/2021/12/72.html އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މަސައްކަތާއިގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 12 ޑިސެންބަރު 2021 ވަނަ ދުވަހުގެ 13:00ގެ ކުރިން، މިއިދާރާގެ އީމެއިލް އެޑްރެސް info@fainu.gov.mv އަށެވެ.

އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 12 ޑިސެންބަރު 2021 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


ޕާކެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - 2 ޕާކެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - 2 Reviewed by އިބްރާހީމް ފަހީމް on 11:58 PM Rating: 5

No comments:

Powered by Blogger.