ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2021 ވަނަ އަހަރުގެ 48 ވަނަ ނިންމުން

ނިންމިގޮތް: މިރަށު އަލުންތިލަ ގޯއްޗާއި، މީނާޒް ގޯއްޗަކީ ކުރީގެ ރަށު އޮފީހުން އިން ފާހަގަކޮށް އިމާރާތްކޮށް މީހުން ދިރިއުޅެމުން އަންނަ ގެތައްކަމަށްވެފައި އަދި އައްސޭރި ގޯއްޗަކީވެސް އިން ފާހަގަކޮށްދީގެން ގޭގެ އިމާރާތްކޮށް މީހުން ދިރިއުޅެމުން އަންނަ ގޯއްޗަކަށްވާތީ، އަދި މި އިމާރާތްތައް ކުރެވިފައިހުރީ ގޯތީގެ އިމުން ފެށިގެންކަމަށްވާތީ އާއި އަދި ގޯތީގެ އިމަށް ތެދުކުރުމުން އަންނަ ހުސްބިމަކީ ގްރީންޒޯން ނުވަތަ ޕާކިން ޒޯނަކަށް ބޭނުންކުރެވޭވަރަށްވުރެ ކުޑަ ސަރަހައްދެއްކަމަށްވާތީ، ދެންނެވުނު ސަބަބުތަކަށް ރިއާޔަތްކޮށް އެންމެ މަސްލަހަތު ހުރިގޮތަކީ މިރަށު އަލުންތިލަ ގޯއްޗާއި، މީނާޒް ގޯއްޗާއި، އައްސޭރި ގޯއްޗާއި، ފުރެޝް ގޯތި ހިމެނޭ ކޮށީގެވަށައިގެންވާ މަގާއި ގޯޅި ތެދުކުރުންކަމަށްވާތީ، މިރަށު އަލުންތިލަ ގޯއްޗާއި، މީނާޒް ގޯއްޗާއި، އައްސޭރި ގޯއްޗާއި، ފުރެޝް ގޯތި ހިމެނޭ ކޮށީގެވަށައިގެންވާ މަގާއި ގޯޅި ތެދުކުރުމުން އަންނަ މިންތަކާއިއެއްގޮތަކަށް އަލުންތިލަ ގޯއްޗާއި، މީނާޒް ގޯއްޗާއި، އައްސޭރި ގޯއްޗާއި، ފުރެޝް ގޯތީގެ މިންތައް ބަދަލުކޮށް ރަޖިސްޓްރީ އާކުރުމަށް އެފަރާތްތަކަށް އެންގުމަށް ނިންމުން.

ޖަލްސާގެ ނަންބަރު: 18 ވަނަ ދައުރުގެ 4 ވަނަ ޖަލްސާ

ތާރީޚް: 20 ސެޕްޓެމްބަރ 2021

ވޯޓް ދެއްވި ގޮތް:
ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު - ފެންނަ
ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ފައިސަލް - ފެންނަ
ކައުންސިލަރ ޙަސަން ވަޙީދު - ފެންނަ
ކައުންސިލަރ އާމިނަތު ސިޒްނާ- ފެންނަ
ކައުންސިލަރ އާސިމާ އިބްރާހީމް މަނިކު- ފެންނަ

ގުޅުންހުރި ފައިލް: -

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2021 ވަނަ އަހަރުގެ 48 ވަނަ ނިންމުން ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2021 ވަނަ އަހަރުގެ 48 ވަނަ ނިންމުން Reviewed by އިބްރާހީމް ފަހީމް on 10:56 PM Rating: 5

No comments:

Powered by Blogger.