skip to main |
skip to sidebar
މިރަށުގެ ރައްޔިތުންނަކީ ކީރިތި ޤުރްއާނަށް ލޯބި ޖެހިފައިވާ އަދި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި މިކައުންސިލުން ކުރިޔަށް ގެންދާ ޤުރްއާން މުބާރާތް މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2021 ވަނަ ދުވަހުއެވެ. މިމުބާރާތުގެ ޤަވާއިދު މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 29 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިންނާއި މިކައުންސިލްގެ ވެބްސައިޓް www.fainucouncil.gov.mv އިން ލިބެން ހުންނާނެއެވެ.
ކައުންސިލްގެ 03 ވަނަ ޤުރްއާން ކިޔެވުމުގެ މުބާރާތާއި ގުޅޭ
Reviewed by
އިބްރާހީމް ފަހީމް
on
10:21 PM
Rating:
5
No comments: