ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، 2022 ވަނަ އަހަރަށް އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި މިއިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން Reviewed by ފައިނު ކައުންސިލް އިދާރާ on 8:11 PM Rating: 5

No comments:

Powered by Blogger.