ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދިގު މުއްދަތަށް ދޫކުރާ ދަނޑުބިމަށް އެދުނު ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ލިސްޓު އާންމުކުރުން

ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިއިދާރާއިން ކުރި ނަންބަރު (IUL)311/311/2021/47 އިޢުލާނާއި ގުޅިގެން އެކަމަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް "ރ. ފައިނުން ދިގު މުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުސޫލު" ގެ ދަށުން ޕޮއިންޓު ލިބުނު ގޮތުގެ ޝީޓު މި އިޢުލާނާއިއެކު އާންމު ކުރީމެވެ.

ވީމާ، މި ލިސްޓަށް އެއްވެސް ޝަކުވާއެއްވާނަމަ 16 ސެޕްޓެމްބަރ 2021 (މާދަމާ) ގެ މެންދުރު 12:00 ގެ ކުރިން ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.


ދިގު މުއްދަތަށް ދޫކުރާ ދަނޑުބިމަށް އެދުނު ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ލިސްޓު އާންމުކުރުން ދިގު މުއްދަތަށް ދޫކުރާ ދަނޑުބިމަށް އެދުނު ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ލިސްޓު އާންމުކުރުން Reviewed by ފައިނު ކައުންސިލް އިދާރާ on 1:22 AM Rating: 5

No comments:

Powered by Blogger.