ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް އެންގުން

ކޮވިޑް19 ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ، 2021 ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކު އެޅުމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އަންގަވާފައެވެ.

ވީމާ، މި އެންގުމާއި އެއްގޮތަށް އެންމެހާ ރައްޔިތުންވެސް ޢަމަލުކޮށްދެއްވުމަށް ދަންނަވަމެވެ. ނަމަވެސް އަންނަނިވި ހާލަތްތަކުގައިވާ ފަރާތްތައް، ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާނެއެވެ.

1. އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިން.
2. ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު.
3. އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން.
4. ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު


ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް އެންގުން ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް އެންގުން Reviewed by ފައިނު ކައުންސިލް އިދާރާ on 11:33 PM Rating: 5

No comments:

Powered by Blogger.