ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އޮންލައިންކޮށް ހުކުރު ޓެސްޓް ކުރުމާއި ގުޅޭ

އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، މާލޭގައި ދިރިއުޅޭ ފަރާތްތައްނޫން އެހެން ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ޙާޟިރުކުރުމުގެ ބަދަލުގައި، އޮންލައިންކޮށް އިމްތިޙާންކުރުމަށް ހަމަޖެހިފައިވާ ވާހަކަ އިސްލާމިކް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

މިގޮތުން ހުއްދައަށް އެދޭފަރާތް އޮންލައިންކޮށް އިމްތިޙާންކުރާނީ "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުފުރިހަމަވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ކޮމެޓީއަކުންނެވެ. އަދި އިމްތިޙާންކުރުމަށް އެދޭ ފަރާތް އިމްތިޙާނުކުރެވޭނީ، ދައުލަތުގެ އިދާރާއަކަށް ޙާޟިރުވެހުރެ، އެ އިދާރާއެއްގެ މުވައްޒަފެއްގެ ޙާޟިރުގައި އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން ވީޑިއޯ ކޮންފަރެންސްކޮށެވެ. އަދި އިމްތިޙާންކުރެވޭ ފަރާތް ކެމެރާއަށް ޙާޟިރުވެ ހުންނަންވާނެއެވެ.

އަދި ދަންނަވަމެވެ. އިމްތިޙާނު ކުރުމަށްފަހު އިމްތިޙާނުން ފާސްވާ ފަރާތްތަކަށް ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ދާއިމީ ހުއްދަ ދެވޭނެއެވެ. އޮންލައިންކޮށް އިމްތިޙާނު ކުރުމުގައި "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ތަކުގެ އިތުރުން ތިރީގައި ބުނެފައިވާ ޝަރުތުތައްވެސް ފުރިހަމަވާންވާނެއެވެ.

• އިމްތިޙާނުކުރެވޭ ފަރާތަކީ އެކަމަށް އެދުނު ފަރާތްކަން ކަށަވަރުކުރުން.
• ވީޑިއޯ އާއި އަޑު ސާފު ވަސީލަތެއް ބޭނުންކުރުން.

ވީމާ، ހުކުރު ހުއްދަ ނެގުމަށް އެދޭ ފަރާތްތަކުން "ހުކުރު ހުއްދަ ނެގުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ހުކުރު ހުއްދަ ނެގުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.


އޮންލައިންކޮށް ހުކުރު ޓެސްޓް ކުރުމާއި ގުޅޭ އޮންލައިންކޮށް ހުކުރު ޓެސްޓް ކުރުމާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 9:36 PM Rating: 5

No comments:

Powered by Blogger.