skip to main |
skip to sidebar
ކޮންޓްރެކްޓް ޢުޞޫލުން 01 ޖުލައި 2020 އިން 31 ޑިސެމްބަރ 2020 ނިޔަލަށް މިރަށު ހުކުރު މިސްކިތުގެ އިމާމު ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަޝްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި މިރަށު މިސްކިތު މުދިމުކަން ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. މިކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ.
މަތީގައި ބަޔާންކުރެވުނު ފެންވަރުގެ މީހަކު ނުލިބިއްޖެނަމަ ބަންގިގޮވާ އިމާމުވެ ނަމާދުކުރެވޭފަދަ މީހުންނާއި ޙަވާލުކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަގުތީގޮތުން މިސްކިތް ބަލަހައްޓާ ފަރާތަކަށް އިމާމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 61 ރުފިޔާ އަދި މުދިމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 53 ރުފިޔާ ލިބޭނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުން މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ދުވާލަކަށް ދެމުންއައި -/100 ރުފިޔާގެ ބަދަލުގައި ފައިސާ ދެވޭނީވެސް މަތީގައިވާ ގޮތަށެވެ.
ވީމާ، މިކަމަށް އެދޭފަރާތްތަކުން 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި އައިޑީކާޑް ފޮޓޯކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ތަޢުލީމީ ސެޓްފިކެޓް ނެތްނަމަ އައިޑީކާޑްގެ ފޮޓޯކޮޕީއަކާއިއެކު ހުށަހެޅުއްވުން އެދެމެވެ.
ކޮންޓްރެކްޓް އުޞޫލުން މިސްކިތު މުދިމުކަން ކޮށްދޭނެ ފަރާތެއް ހޯދުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
1:12 AM
Rating:
5
No comments: