ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ގޭބިސީތަކުން އަމިއްލައަށް ކުނި އުކާލާނަމަ ފީނެގުމާއި ގުޅޭ

މިކައުންސިލުން އެކުލަވާލާފައިވާ "ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުޞޫލު" ގައި ވާގޮތުން، ޤަވާއިދުން ފީ ނުދައްކާ ގޭބިސީތަކަށް ކުނި އުކާލުމުގެ ޚިދުމަތެއް ނުދެވޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް ކުނިކޮށްޓަށް ކުނި ގެންދެވޭނީ ކަނޑައެޅިފައިވާ ފީއެއް ކައުންސިލަށް ދެއްކުމަށް ފަހުއެވެ.

ނަމަވެސް، މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ކުނީފީ ނުދައްކާ އަމިއްލައަށް ކުނި އުކާލާކަންވަނީ ފާހަގަ ކުރެވިފައެވެ. އަދި ކުނީފީ ނުދައްކާ އަމިއްލައަށް ކުނި އުކާލާނަމަ ނަގަން ހަމަޖެހިފައިވާ ގޭޓު ފީވެސް ނުދައްކާ ކުނި އުކާލަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، ކުނި އުކާލައިދިނުމުގެ ޚިދުމަތުގައި ބައިވެރިވެފައިވާ ގޭބިސީތަކުން ޤަވާއިދުން ކުނީފީ ދައްކަމުން ގެންދިޔުމަށާއި މިޚިދުމަތުގައި ބައިވެރިނުވާ ގޭބިސީތަކުން ކުނިކޮށްޓަށް ކުނި ގެންދެވޭނީ ކަނޑައެޅިފައިވާ ގޭޓް ފީ ކުނިކޮށީގައި އެވަގުތު ތިބޭ މުވައްޒަފުންނާއި ނުވަތަ ކައުންސިލް އިދާރާއާއި ހަވާލު ކުރުމަށްފަހުގައި ކަމުގައި ދެންނެވީމެވެ.

ކުނި އުކާލުމުގެ ޚިދުމަތުގައި ބައިވެރިނުވާ ފަރާތްތަކާއި ކުނީފީ ޤަވާއިދުން ނުދައްކާ ފަރާތްތަކުން ކުނި އުކާލާނަމަ ދައްކަންޖެހޭ ފީ:

- ބަރޯއަކަށް -/10 ރުފިޔާ
- ގާޑިޔާއަކަށް -/20 ރުފިޔާ
- ޕިކަޕަކަށް -/50 ރުފިޔާ

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.


ގޭބިސީތަކުން އަމިއްލައަށް ކުނި އުކާލާނަމަ ފީނެގުމާއި ގުޅޭ ގޭބިސީތަކުން އަމިއްލައަށް ކުނި އުކާލާނަމަ ފީނެގުމާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 1:06 AM Rating: 5

No comments:

Powered by Blogger.