ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

ކޯވިޑް-19 އާއިގުޅިގެން އިޤްތިޞާދު ދަށްވަމުންދާ މިދަނޑިވަޅު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މިހާރު ދޫކޮށްފައިވާ ދަނޑުބިމުގެ އިތުރަށް ސޯސަންމަގުގެ އުތުރުން 37 ދަނޑާއި އަޙްމަދުފުޅު ކޮށިމަގުގެ ދެކުނުން 3 ދަނޑު، ޖުމުލަ 40 ދަނޑު ދޫކުރުމަށްވަނީހަމަޖެހިފައެވެ.

މިފަހަރުވެސް ދަނޑުބިން ދޫކުރެވޭނީ ކުރީ ފަހަރެކޭވެސް އެއްގޮތަށް އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ދަނޑުބިން ދޫކުރުމުގެ އުޞޫލުގައިވާގޮތުގެ މަތިން ޕޮއިންޓް ލިބޭ ގޮތަށް ބަލައިގެނެވެ. އެހެންނަމަވެސް މިފަހަރު ދަނޑު ދޫކުރެވޭނީ މިހާރު ދަނޑުބިން ދޫކޮށްފައިނުވާ ފަރާތްތަކަށެވެ. އަދި ދަނޑުބިން ދޫކުރުމުގައި ދަނޑުބިމުގެ (މިހާރު ދޫކޮށްފައިވާ ދަނޑުބިމާއި އަލަށް ދޫކުރެވޭ ދަނޑުބިމުގެ) އަދަދަށް ބަލާ ގޭބީސީއަކަށް 3 ދަނޑަށްވުރެ އިތުރުވާގޮތަށްވެސް ދަނޑު ދޫކުރެވޭނެކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް ގޭބީސީއަކަށް އިތުރަށް ދަނޑު ދޫކުރެވޭނީ ދަނޑުލިބޭ ނިސްބަތަށް ބަލައިގެންނެވެ.

މިދަނޑުތަކުގައި ހެއްދޭނީ، ގޮވާމާއި ފަލަމަޑީގެ ބާވަތްތައްފަދަ ކުރު މުއްދަތުގައި ހައްދައިގެން ކަނޑަންލިބޭ ބާވަތްތަކެވެ.

ވީމާ، ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 28 މެއި 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލެވިފައެވެ.އޮންލައިކޮށް ފޯމް ހުށަހެޅުއްވުމަށް https://www.fainucouncil.gov.mv/p/dhandubimahedheyform.html ޒިޔާރަތް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.






ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން Reviewed by އިބްރާހީމް ފަހީމް on 3:08 AM Rating: 5

No comments:

Powered by Blogger.