ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މޫދު ކަސްރަތު ޕްރޮގްރާމް ފެށުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި


ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އެމް.އެން.ޑީ.އެފް ގުޅިގެން ފައިނު ކަނބަލުންނަށް ޚާއްޞަކޮށްގެން މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މިޕްރޮގްރާމް ފެށުމުގެ ގޮތުން މިރޭވަނީ އެކަމަށް ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ. ކުލަބް ޔަންގް ސްޓަރސްގެ އިމާރާތުގައި މިރޭ އޮތް ހަފްލާ ޝަރަފްވެެރިކޮށްދެއްވީ ފައިނު ސްކޫލްގެ ހެޑްއޮފް ސްކޫލް އިބްރާހީމް ޢުމަރު މަނިކެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން މިހަފްލާ ފައްޓަވައިދެއްވީ ޢާއިޝަތު އިނާޝާއެވެ. އެއަށްފަހު ހަފްލާ ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަ ދެއްކީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ވަސީމާއެވެ. އެއަށްފަހު ވާހަކަ ދެއްކީ ކައުންސިލްގެ ރައީސް އިބްރާހީމް ނާސިރެވެ. އިބްރާހީމް ނާސިރުގެ ވާހަކަައިގައި، މިފަދަ ޕްރޮގްރާމެއްގެ މުހިންމު ކަމާއިމެދު އަލިއަޅުވާލެއްވިއެވެ. އެއަށްފަހު އެމް.އެން.ޑީއެފްގެ ފަރާތުން ވާހަކަ ދެއްކުން އޮތެވެ.

މިހަފްލާގެ ޝަރަފްވެރި މެހްމާން އިބްރާހީމް އުމަރު މަނިކުގެ ވާހަކައިގަައި އަންހެނުން މިފަދަ ޕްރޮގްރާމްތަކުގައި އުޅުމުގެ މުހިންމު ކަމާއި، އަންހެނުން ބާރުވެރިކުރުމާއި ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ފާހަގަ ކުރިއެވެ.

މިއީ، ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކުރާ 2 ވަނަ މޫދު ކަސްރަތު ޕްރޮގްރާމެވެ. މިފަހަރުގެ ޕްރޮގްރާމްގައި ޖުމުލަ 67 ބައިވެރިން ބައިވެރިވެފައިވެއެވެ.

މޫދު ކަސްރަތު ޕްރޮގްރާމް ފެށުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި މޫދު ކަސްރަތު ޕްރޮގްރާމް ފެށުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި Reviewed by އިބްރާހީމް ފަހީމް on 12:55 AM Rating: 5

No comments:

Powered by Blogger.