skip to main |
skip to sidebar
އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މިރަށުން މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފާއިތުވި އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ދަނޑު ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާނީ ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބޭ ގޮތަށް ބަލައިގެނެވެ.
ވީމާ، މިއަހަރުވެސް ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 26 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލެވިފައެވެ. އޮންލައިކޮށް ފޯމް ހުށަހެޅުއްވުމަށް https://www.fainucouncil.gov.mv/p/dhandubimahedheyform.html އަށް ޒިޔާރަތް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ދަނޑުބިން ދޫކުރުމުގެ އުޞޫލް ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.
ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
1:06 AM
Rating:
5
No comments: