Fainu Council

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ރަށުގެ ކަނބަލުންގެ ނަމުގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)311/311/2026/25 އިޢުލާނާއިގުޅިގެން އެކަށީގެންވާ އަގެއް ލިބިފައިނުވާތީ، އަލުން ފުރުސަތު ހުޅުވާލަމެވެ. މިއީ މިކަމަށް ކުރެވޭ 2 (ދޭއް) ވަނަ އިޢުލާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން " ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވުން އެދެމެވެ. ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ރަޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. މިމިކަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
• ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 10 އޮގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް
• ބީލަން ބަލައިގަތުން: 18 އޮގަސްޓް 2026 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.

• ބީލަންތައް ހުޅުވުން: 18 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 2:18 AM Rating: 5

No comments:

Powered by Blogger.