skip to main |
skip to sidebar
މިރަށުގެ ރައްޔިތުންނަކީ ކީރިތި ޤުރްއާނަށް ލޯބި ޖެހިފައިވާ އަދި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި މިއަހަރުގެ ތެރޭގައި މިކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 1 ޑިސެމްބަރ 2019 ވަނަ ދުވަހުއެވެ. މިމުބާރާތުގެ ޤަވާއިދު މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
ވީމާ، މިމުބާރާތުގައި ބައިވެވާން ބޭނުންފުޅުވާ ފަރާތްތަކުން 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިންނާއި މިކައުންސިލްގެ ވެބްސައިޓް www.fainucouncil.gov.mv އިން ލިބެން ހުންނާނެއެވެ.
ފައިނު ކައުންސިލްގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
1:33 AM
Rating:
5
No comments: