ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި



ގޭތެރޭގައި ދިމާވާ އަލިފާނުގެ ހާދިސާތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މިސެޝަންއަކީ މިކައުންސިލާއި އެމް.އެން.ޑީ.އެފްއާއި ގުޅިގެން ކުރިޔަށް ގެންދެވުނު ސެޝަނެކެވެ. ރަށުގެ ދެޖިންސްގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވި މިސެޝަން ކުރިޔަށް ގެންގޮސްދެއްވީ އެމް.އެން.ޑި.އެފްގެ 2 ބޭފުޅުންނެވެ.
މިސެޝަންގެ ތެރެއިން، ގޭތެރޭގައި ދިމާވާ އަލިފާނުގެ ހާދިސާތަކުގައި ކަންކުރަންވީ ގޮތުގެ ތަފްޞީލް ބައިވެރިންނަށް ދެވުނެވެ. އަދި ކަމާއިގުޅޭ ތަކެތި ބޭނުންކޮށްގެން އެފަދަ ހާދިސާތައް ހިނގާގޮތުގެ ޕްރެކްޓިކަލްތަކެއް ދެއްކުން އޮތެވެ. މީގެ ތެރޭގައި ބަދިގޭގައި އުޅުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި ކައްކާ ގޭސް ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރެވިގެން ދިޔައެވެ.
މީގެ އިތުރުން، އަލިފާނުގެ ހާދިސާތައް މަދު ކުރުމުގެ ގޮތުން އާންމު ދިރިއުޅުމުގައި ކަންކަން ބައްޓަން ކުރަންވީ ގޮތުގެ މަޢުލޫމާތުވެސް ފޯރުކޮށްދެއްވާފައިވެއެވެ.

ބައިވެރިންގެ ޝައުޤުވެރިކަމާއިއެކު ކުރިޔަށް ދިޔަ މި ސެޝަން ނިންމާލުމުގެ ކުރިން ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮތެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 2:35 AM Rating: 5

No comments:

Powered by Blogger.