ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އ. ޑިރެކްޓަރ އިބްރާހީމް ޙުސައިންގެ އަގުވަޒަން ކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފި

ކައުންސިލްގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ޙުސައިން ރިޓަޔަރ ވެލެއްވުމާއި ގުޅިގެން އެބޭފުޅާގެ އަގުވަޒަން ކުރުމުގެ ގޮތުން ހަފްލާއެއް ބާއްވައިފިއެވެ.

05 ސެޕްޓެމްބަރ 2019 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މިހަފްލާގައި، ރަށުގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންނާއި އިދާރާގެ އެކިއެކި ކޮމެޓީތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ.


ކީރިތި ޤުރުއާނުގެ ބަރަކާތުން މިހަފްލާ ފައްޓަވައިދެއްވީ އިމާމް އަޙުމަދު ޢުމަރު މަނިކެވެ. އެއަށްފަހު ޖަލްސާ ތަޢާރަފް ކޮށްދެއްވީ އ. ޕްރޮޖެކްޓް އޮފިސަރ އިބްރާހީމް ފަހީމްއެވެ. އަދި އެއަށްފަހު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ވާހަކަފުޅު ދެއްކެވިއެވެ. އިބްރާހީމް ނާޞިރުގެ ވާހަކަފުޅުގައި އިބްރާހީމް ޙުސައިންގެ ޚިދުމަތުގެ މުއްދަތުގައި ދިވެހި ދަޢުލަތާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މިރަށާއި ރަށުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކޮށްދެއްވެވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު ޢަދާ ކުރެއްވިއެވެ.

އެއަށްފަހު ދެން އޮތީ އިބްރާހީމް ޙުސައިންގެ ޚިދުމަތާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅުމެވެ. ޕްރެޒެންޓޭޝަން ހުށަހަޅާ ނިމުމުން، ކައުންސިލްގެ ފަރާތުން އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެރުވުން އޮތެވެ. އެއަށްފަހު ދެން ވާހަކަފުޅުދެއްކެވީ އިބްރާހީމް ޙުސައިންއެވެ. އިބްރާހީމް ޙުސައިންގެ ވާހަކަފުޅުގައި އެބޭފުޅާގެ ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ކުރެވިފައިވާ މަސައްކަތްތަކުގައި ރަށުގެ ރައްޔިތުންނާއި އޭރުގެ އެކިއެކި ކޮމެޓީތަކާއި މުއައްސަސާތަކުގެ މުވައްޒަފުން ވެދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ އެކަމަށްޓަކައި ޝުކުރު ޢަދާ ކުރެއްވިއެވެ. އަދި ކަތީބު ކަމުގެ ދަޢުރުނިމި ކައުންސިލްގެ ދަޢުރުތަކުގައިވެސް މަސައްކަތް ކުރެވުނު ކަމާއި އެދުވަސްތަކުގައިވެސް ކައުންސިލްގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުން ވެދެއްވި އެއްބާރު ލެއްވުމަށް ޝުކުރު ޢަދާ ކުރެއްވިއެވެ. އަދި ކުރީ ޒަމާނުގައި ވަޒީފާ އަދާ ކުރައްވަން ޖެހިވަޑައިގަންނަވާފައިވާ ގޮތާއި އޭރުގެ ހާލަތާއި އޭރު ހިންގުނު މުހިންމު ބައެއް މަޝްރޫޢުތައް ހިންގުމުގައި ގެންގުޅުއްވި މުހިންމު ސިޔާސަތުތަކަށް އަލިއަޅުއްވާލެއްވިއެވެ.


އިބްރާހީމް ޙުސައިން ވަނީ 39 އަހަރާއި 15 ދުވަހު އެކި މަޤާމްތަކުގައި ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ.

އ. ޑިރެކްޓަރ އިބްރާހީމް ޙުސައިންގެ އަގުވަޒަން ކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފި އ. ޑިރެކްޓަރ އިބްރާހީމް ޙުސައިންގެ އަގުވަޒަން ކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 11:48 PM Rating: 5

No comments:

Powered by Blogger.