ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މީހަކު ބޭނުން ވެއްޖެ

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް ނަމްބަރ: J-221487

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމްގެ ރޭންކް: އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން: ރ. ފައިނު ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއަރޒް ޔުނިޓް

މުސާރަ: 7035.00 ރުފިޔާ

ސަރވިސް އެލެވަންސް: 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:.
1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ ޚިދުމަތް
2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
4. ސަޕޯޓިންގ ކޯ އެލަވަންސް 2: 900.00 (ނުވަ ސަތޭކަ ރުފިޔާ)


މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ކައުންސިލް ހިންގުމާއިބެހޭ ޤާނޫނާއި، ކައުންސިލް ހިންގާ ޤަވާޢިދާއި އެއްގޮތަށް ކައުންސިލްގެ ސެކްޓޭރިއަޓް ބެލެހެއްޓުމާއި ކައުންސިލްގެ ފަރާތުން ބާއްވާ ކައުންސިލްގެ އާއްމު ބައްދަލްވުންތަކާއި ކުއްލި ބައްދަލްވުންތަކުގެ ޔައުމިއްޔާ ނޯޓް ނެގުމާއި، ޔައުމިއްޔާލިޔެ ބެލެހެއްޓުމާއި، ނިންމުންތައް ހާމަކުރުން.
2. ކައުންސިލްގެ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ކަމާއިގުޅޭ މުވައްޒަފުންނާއި ގުޅިގެން ކުރުމާއި އެކިފަރާތްތަކަށް ފޮނުވަންޖެހޭ ބަޖެޓާއި ފައިސާއާއި ގުޅޭ ރިޕޯޓްތައް ޤަވާއިދުން ފޮނުވަމުން ގެންދޭތޯ ބަލާ ޗެކްކުރުން.
3. އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް އާއި ކޯޕަރޭޓް އެފެއަރޒް ޔުނިޓްގެ މަސައްކަތްތައް އިސްވެރިއެއްގެ ހައިސިއްޔަތުން ފައިނޭންސްގެ މަސައްކަތާއި، ހިއުމަން ރިސޯސް މަސައްކަތާއި އަދި އެޑްމިންގެ އިދާރީ މަސައްކަތްތައް ބަލެހެއްޓުން.
4. ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް މުވައްޒަފުންގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
5. ރައްޔިތުންގެ ބައިވެރިވުމާއިއެކު ތަރައްޤީގެ ޕްލޭން އެކުލަވާލުމާއި އެޕްލޭން ތަންފީޒް ކުރުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރުމާއި ޕްލޭނަށް ޢަމަލީ ސިފަ އަންނަ ގޮތުގެ ތަފްޞީލް ޤަވާއިދުގައިވާ ގޮތުގެމަތިން އާންމު ކުރުމާއި ކައުންސިލުން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން.
6. ކައުންސިލްގެ އިދާރާއަށް ހުށަހެޅޭ މައްސަލަތައްބެލުމާއި ތަޙްޤީޤީ އިދާރާތައް މެދުވެރިކޮށް ބަލަންޖެހޭ މައްސަލަތައް ބެލުމުގެ މަސައްކަތްކުރުމާއިއެކު ކައުންސިލުން ދަޢުވާކުރަންޖެހޭ މައްސަލަތަކުގައި ދައުވާކުރުމާއި، ކައުންސިލަށް ދައުވާލިބޭ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުއެޅުމާއި، ވަކީލުން ހޯދަންޖެހޭ ޙާލަތްތަކުގައި ކުރަންޖެހޭ މަސައްކަތްކުރުން.
7. ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ކަރަންޓްގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެޚިދުމަތް ދިނުމަށް ޙަވާލުކުރެވިފައިވާ ފަރާތުންދޭ ޚިދުމަތް މޮނިޓަރކުރުމާއިއެކު އެކަމާއި ގުޅޭގޮތުން މިއިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރަށުގެ މަގުބައްތިތައް ދިއްލާ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
8. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒް ކުރުމަށްޓަކައި ކަމާއިބެހޭ މުވައްޒަފުންނާއި މަސައްކަތް ޙަވާލު ކުރުމާއި ނިންމުންތައް ތަންފީޒު ކުރެވެމުންދާ މިންވަރު ބެލެހެއްޓުން.
9. ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ މަސައްކަތްބަލާ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ކައުންސިލްގެ މަޝްވަރާގެމަތިން ގެނެއުމުގެ މަސައްކަތްކުރުން.
10. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.
11. ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުންރާވާ އެކިއެކި ކަންކަމުގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
2. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
3. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އަދި މިކައުންސިލް އިދާރާގެ ވެބްސައިޓް www.fainucouncil.gov.mv އިންނާއި ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާއާއި ލިޔުންތަކުގެ ކޮޕީ.
(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ތަޢުލީމާއި، ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު) (35%)
2. އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން) (5%)
3. ލިބިފައިވާ މަސައްކަތު ތަޖުރިބާ (މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ) (%15)
4. ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލްސް) %45)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2019 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ރ. ފައިނު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@fainu.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެމްބަރ 22 އާއި 23 އާ ދެމެދު، ރ. ފައިނު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 6580072 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށްނަމަ info@fainu.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.


އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މީހަކު ބޭނުން ވެއްޖެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މީހަކު ބޭނުން ވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 2:14 AM Rating: 5

No comments:

Powered by Blogger.